ދީން

ޑރ. ޒާކިރު ނައިކަށް ސަޢޫދީގެ ރަށްވެހިކަން ދެއްވައިފި


އިސްލާމްދީން ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިންޑިއާގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޒާކިރު ނައިކަށް ސަޢުދީ އަރަބިއްޔާގެ ރަށްވެހިކަން އެޤައުމުން ދެއްވައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ސަޢުދީ އަރަބިއްޔާއިން ޑރ.ޒާކިރު ނައިކަށް ރަށްވެހިކަން ދިނުމަށް ނިންމާފައިވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ އެންގެވުމަށެވެ. ސަޢޫދީ ރަސްގެފާނު އެގޮތަށް ނިންމެވީ އިންޓަޕޯލު މެދުވެރިކޮށް ޒާކިރު ނައިކް ހައްޔަރުކުރަން އުޅޭކަމަށް އެނގިވަޑައިގަތުމާ ގުޅިގެން އެކަމުން ޒާކިރު ނައިކް ސަލާމަތްކޮށްދެއްވުމަށްކަމަށް ޚަބަރުތައް ބުނެއެވެ. 

ޑރ. ޒާކިރު ނައިކް ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދަނީ، އިސްލާމްދީން ފެތުރެއްވުމަށް މަސައްކަތް ކުރައްވާ އެހެން ބައެއް ބޭފުޅުންނާ މެދުވެސް، ބައެއް ޤައުމުތަކުން ކުރާ ފަދަ ޓެރަރިޒަމާ ގުޅޭ ތުހުމަތުތަކަކާ ގުޅުވައިގެނެވެ.  

ޑރ. ޒާކިރު ނައިކްއަކީ އިސްލާމްދީން ފެތުރެއްވުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާ ދީނީ އިލްމުވެރިއެކެވެ. އޭނާ ގެންދަވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ވަޑައިގެން، އިސްލާމްދީނުގެ މަޢުލޫމާތު ފޯރުކޮށްދެއްވަމުންނެވެ. އަދި އިސްލާމްދީން ފެތުރެއްވުމަށް ޚާއްސަ ޓީވީ ޗެނަލެއްކަމަށްވާ "ޕީސް ޓީވީ" މެދުވެރިކުރައްވާ މީހުންނަށް އިސްލާމް ދީން އޮޅުންފިލުވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.