ވިޔަފާރި

އެމްޓީސީސީން ޚާއްޞަގޮތުން ކުރާ ޢާންމު ޖަލްސާ މިރޭ


އެމްޓީސީސީން ޚާއްޞަގޮތުން ކުރާ ޢާންމު ޖަލްސާ މިރޭ ބާއްވާނެއެވެ.

އެމްޓީސީސީން ކޮށްފައިވާ ޢިއުލާނެއްގައިވާ ގޮތުން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ނުވައެއްޖަހާއިރު، ހޮޓެލް ޖެންގައެވެ. މި ޖަލްސާގައި މިމަހުގެ 10 ވަނަ ދުވަހު ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ ހުރިހާ ޙިއްޞާދާރުންނަށް ބައިވެރިވެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މިޖަލްސާގައި ބޯޑު މެމްބަރުންގެ ޢަދަދު މަދުކުރުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ތިބި ޙިއްސާދާރުންނަށް އިތުރު ޙިއްސާ ގަތުމުގެ ފުރުސަތު ދިނުމަށް ބޯޑުން ނިންމާފައިވާ ނިންމުން ހިއްސާދާރުންގެ ގަރާރަކުން ފާސްކޮށް، ކުންފުނީގެ ހިންގާ ޤަވާއިދަށް ބަދަލު ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ.