ވިޔަފާރި

ވިޔަފާރިކުރުން ހުއްދަ ވަގުތުތަކަށް ބަދަލު ގެންނަވައިފި


ކުރިއަށް ރޯދަމަހާއި ގުޅިގެން މިރެއިން ފެށިގެން ފިހާރަތަކާއި ސައިހޮޓާ، ކެފޭ ރެސްޓޯރަންޓްތައް ބަންދުކުރާ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެންނަވައިފިއެވެ.  

އެ މިނިސްޓްރީން ވިދާޅުވީ މިރެއިން ފެށިގެން ހަ ރޯދަ ނިމެންދެން ފިހާރަތައް ބަންދުކުރާނީ ރޭގަޑު 11 ޖަހާއިރު ކަމަށެވެ. އަދި ސައިހޮޓާ، ކެފޭ ރެސްޓޯރެންޓްތައް މިރެއިން ފެށިގެން ރޭގަނޑު 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަރޯދައިގެ ނިޔަލަށް މެންދަމުން އަލިވެ 3 ޖަހަންދެން ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެކަމަށްވެސް އޮކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިބަދަލު ގެންނަވާފައިވަނީ ރަމަޟާންމަހާ ގުޅިގެންނެވެ. ރަމަޟާން މަސް ނޫން އެހެން މަސްމަހުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 10 ޖެހުމާ ހަމައަށެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 12 ޖެހުމާ ހަމައަށެވެ.