ޚަބަރު

ހަންޏާމީދޫ ކައިރިއަށް އަޑިއަށްދިޔަ ދޯނިން 10މީހުން ސަލާމަތްކޮށްފި


އދ. ހަންޏާމީދޫ ކައިރިއަށް އަޑިއަށްދިޔަ "ކަނޑުރޯދި" ދޯނިން ދަތުރުކުރި 10 މީހުން ސަލާމަތްކޮށްފިއެވެ.

އދ. ހަންޏާމީދޫ ކައިރިއަށް އަޑިއަށްގޮސްފައިވާ ކަންނެލި މަސްދޯންޏަކީ އދ. އޮމަދުއަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ. ބަންޑުންޖަހާލި ކަނޑުރޯދި ދޯނިން ދަތުރުކުރި އެންމެން ނަގާފައިވަނީ ދޯނީގެ ވެރިފަރާތުން އެމީހުން ހޯދުމަށް ނުކުމެ އުޅެނު ލޯންޗަކުންކަމަށް ކޯސްޓްގާޑުން ބުނެއެވެ. މި ދޯނި ބަނޑުން ޖަހާލުމުން ޙާލުގައި ޖެހުނު 10 މީހުން ސަލާމަތްކޮށް އޮމަދުއަށް ގެންގޮސްފައިވާއިރު، އެމްއެންޑީއެފުން ދަނީ އަޑިއަށްދިޔަ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. "ކަނޑުރޯދި" އޮޔާހިނގައިދާނެ ކަމަށް ބެލެވޭތީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.