ވިޔަފާރި

ވިލާ ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގުހެޔޮކޮށްފި


ވިލާ ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގު ހެޔޮކޮށްފިއެވެ.

ވިލާ ގޭހުން ބުނީ، އެކުންފުނިން ވިއްކާ 10 ކިލޯގެ ކައްކާ ގޭސް ފުޅިއަކުން 25 ރުފިޔާ މިއަދު އަގުހެޔޮކޮށްފައިވާކަމަށެވެ. އަގަށް ގެނައި މި ބަދަލާއިއެކު ކުރިން 200 ރުފިޔާއަށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކަމުންދާނީ 175 ރުފިޔާއަށްކަމަށެވެ. 

ވިލާ ގޭހުން ބުނީ، އެކުންފުނިން ވިއްކާ ގޭހުގެ އަގަށް ބަދަލު ގެނެސްފައިވަނީ ވަކި މުއްދަތަކަށް ނޫންކަމަށެވެ.