ކުޅިވަރު

ސާއިދު 100މ ދުވުމުގެ ފައިނަލަށް


މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100މ ދުވުމުގެ ފައިނަލުން ރާއްޖޭގެ އެނމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

ސާއިދު ރޭސް ނިންމީ ސެމީއަށް ދިއުމަށް ދުވި ހީޓްގައިވެސް ރޭސް ނިންމި ވަގުތަށެވެ. މިއަދު ދެ ހީޓްގައިވެސް ސާއިދު ރޭސް ނިންމީ 10.40 ސިކުންތުންނެވެ. ސެމީފައިނަލްގައި ސާއިދު ރޭސް ނިންމީ ހީޓްގެ 3 ވަނަ އަށެވެ. ނަމަވެސް ތިން ހީޓް އެއްކޮށްލައިގެން ބެލިއިރު ސާއިދު ވަނީ 8 ވަނާގެ ތެރޭގައި ހިމެނިފައެވެ. ތިން ހީޓް އެއްކޮށް ސާއިދު ދިޔައީ 7 ވަނަ އަށެވެ. ކޮންމެ ހީޓަކުން އެއްވަނައާއި ދެވަނަ އަށް ފައިނަލް ބުރުން ޖާގަ ދިނުމަށްފަހު ދެން ފައިނަލުން ޖާގަ ދިނީ ތިން ހީޓް އެއްކޮށްލައިގެން ދެން އެންމެ އަވަހަށް ރޭސް ނިންމި ދެ އެތްލީޓުންނަށެވެ. ތިން ހީޓް އެއްކޮށްލައިގެން އެއްވަނަ އަށް ރޭސް ނިންމި ބަހުރެއިންގެ ފިޝަރ އެންޑްރޫ ރޭސް ނިންމީ 10.22 ސިކުންތުންނެވެ.

ފައިނަލްގައި ރާއްޖެ ގަޑިން މިރޭ 20:25 ގައި ރާއިދު ދުވާނެއެވެ.