ކުޅިވަރު

ބޭނުންވަނީ މިއުފާވެރިކަން ދެގުނަކުރަން - ޗެލްސީގެ ކޯޗް


ޕްރިމިއަރ ލީގާއެކު ލިބުނު އުފާވެރިކަން ދެގުނަކޮށްލަންމިހާރު ބޭނުންވާކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޯންޓޭބުނެފިއެވެ. 

ޗެލްސީގެތާރީޚްގައި ހަވަނަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށްފަހު ކޯޗް އެންޓޯނިއޯ ކޯންޓޭބުނީ މި އުފާވެރިކަން ދެގުނަވާނީ އެފްއޭކަޕްގެ ތަށިވެސްއުފުލާލެވިގެން ކަމަށެވެ. އެކަން ކުރުމަށް މިހާރު ކެތްމަދުވެފައި ވާކަމަށްކޯންޓޭބުންޏެވެ. މީ ކޯންޓޭ އިނގިރޭސި ޕްރިމިއަރ ލީގު، ޓީމަކަށް ކާމިޔާބުކޮށްދިން ފުރަތަމަފަހަރު ކަމުން އޭނާބުނީ މީ ލިބުނު ވަރަށްބޮޑު ޝަރަފަކާ ފަޚްރެއްކަމަށެވެ. ކޯންޓޭބުނީ އޭނާގެ ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަމާއި މިކަމަށް ދޭންޖެހޭ އަހައްމިއްޔަތާއި މަސައްކަތް ވަރަށް ރަނގަޅަށް ދައްކުވައިދީފި ކަމަށެވެ. ލީގުގައި މިއުފާ ފާޅުކުރަން ބާކީ ދެމެޗް އަދިވެސް އެބައޮތްކަމަށާއި ސީޒަން ނިންމާލާނީ މިއުފާވެރިކަމުގެ ތެރެއިން ކަމަށްެވެ. 

އިނގިރެސި ޕްރިމިއަރ ލީގު ޗެލްސީ ކަށަވަރުކުރީރޭ ވެސްޓްބްރޮމްގެ ދަނޑުގައި ކުޅުނު މެޗް އެކެއް ސުމަކުން ކާމިޔާބުކޮށް ލިބުނު ތިންޕޮއިންޓާއެކީއެވެ. މެޗްގެ 82 ވަނަ މިނިޓްގައި ޗެލްސީއަށް ތިންޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ބަޓްޝުއާއީއެވެ. ޗެލްސީ ލީގު ކަށަވަރުކުރީ 87 ހަތްޕޮއިންޓާއެކީއެވެ. ދެވަނައިގައިއޮތް ޓޮޓެންހަމްއަށް ލިބިފައިވަނީ ކުޅުނު 35 މެޗުން 77 ޕޮއިންޓެވެ. ޗެލްސީއަށް އިޓަލީގެ ކޯޗް އެންޓޯނިއޯ ކޯންޓޭ ކާމިޔާބުކޮށްދިން ތަށްޓާއެކު މީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 5 ވަނަ ލީގުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.