ކުޅިވަރު

ރާއްޖެއާއި އަފްޣާނިސްޠާން ރަހުމަތްތެރިކަމުގެ މެޗަކަށް


އޭޝިޔަން ކަޕް ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށް ނިކުތުމުގެ ކުރިން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އަފްޣާނިސްޠާނާ ދެކޮޅަށް ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިއްޖެއެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު ވިދާޅުވީ ޖޫން 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް، ބޫޓާންގައި ވާދަކުރުމުގެ ކުރިން އަފްޣާނިސްޠާނާ ދެކޮޅަށް ދިވެހި ޤައުމީ ޓީމް މެޗު ކުޅޭނީ ޖޫން 6 ވަނަ ދުވަހު ދުބާއީގަކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ރަހުމަތްތެރިކަމުގެ މެޗަށްފަހު ދވެހި ޓީމް ބޫޓާނާ ވާދަކުރަން ބޫޓާނަށް ދާނީ ރާއްޖެ ނައިހެވެ. 

އަފްޣާނިސްޠާނާ ދެކޮޅަށް ކުޅޭ މެޗަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ޤައުމީ ފުޓްބޯޅަ ޓީމްގެ ކަންކަން ބެލުމަށް އެކުލަވާލައްވާފައިވާ ކޮމިޓީން ކުރަމުން އަންނަކަމަށް ޖަވާޒް ވިދާޅުވިއެވެ. މިއީ އެކޮމިޓީން ޓީމްގެ ކަންކަމާ ހަވާލުވި ފަހުން ދިވެހި ޓީމަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.