ކުޅިވަރު

ގދ.އަތޮޅުގެ ފުރަތަމަ މެޗު ތިނަދޫ ކާމިޔާބުކޮށްފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ގދ.އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު ތިނަދޫ ކާމިޔާބުކޮށްފިއެވެ. 

މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމް ތިނަދޫ ފުރަތަމަ މެޗު ކާމިޔާބުކުރީ މަޑަވެއްޔާ ވާދަކޮށް ތިނެއް ސުމަކުންނެވެ. މެޗުގައި ތިނަދޫގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ ސްޕެއިން ކުޅުންތެރިޔާ އަލައިންއެވެ. ތިންވަނަ ލަނޑަކީ މަޑަވެލީގެ އަހުމަދު އާސިމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ތިނަދޫ ޓީމް މުބާރާތުގައި ވާދަކުރަނީ ސްޕެއިންގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި އެޓީމްގައި ސްޕެއިންގެ ތިން ކުޅުންތެރިން ކުޅެމުން ދެއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރާނީ ގައްދޫއާއި ހޯޑެއްދޫއެވެ. ގދ.އަތޮޅު މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ ތިނަދޫ، މަޑަވެލި، ގައްދޫ އަދި ހޯޑެއްދޫއެވެ.