ވިޔަފާރި

އެމްޓީސީސީއަށް 5.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން ނެރެ އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއަރޓާގެ މާލީބަޔާނަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެކުންފުނިން ކުރި ވިޔަފާރި އުޅެނީ، 306 މިލިއަން ރުފިޔާގައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރި ހިންގައިގެން ލިބުނު ފައިދާ އުޅެނީ، 18.3 މިލިއަން ރުފިޔާގައެވެ. އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާ ހުރީ 6.8 މިލިއަން ރުފިޔާގައެވެ. 

މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 5.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެމްޓީސީސިއަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 740 މިލިއަނަށްވުރެ ގިނަ ރުފިޔާ ރިކޯޑް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.