ވިޔަފާރި

އެސްޓީއޯއިން "ފިޝް އެންޑް މީޓް ފެސްޓް" ފަށައިފި


އެސްޓީއޯއިން 6 ކުންފުންޏަކާއިއެކު އެސްޓީއޯ ސުޕަމާޓުގައި "ފިޝް އެންޑް މީޓް ފެސްޓް" ފަށައިފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝް އެންޑް މީޓް ފެސްޓް ފަށްޓަވައިދެއްވީ، އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާޠިމަތު އާޝާންއެވެ. ސުޕަމާޓްގައި ކުރިއަށްދާ ފިޝް އެންޑް މީޓް ފެސްޓްގައި ބައިވެރިވާ 6 ކުންފުންޏަކީ، މިފްކޯ، އެމްއެޗްއޭ، ޕިރަމިޑް، ލިލީ، ޔުނައިޓެޑް ފުޑް އަދި އެސް އެންޑް އޯއެވެ. 

ފިޝް އެންޑް މީޓް ފެސްޓާ ބެހޭގޮތުން އެސްޓީއޯއިން ބުނީ، މިފެސްޓްގައި ބައިވެރިވާ ކުންފުނިތަކުގެ ބައެއް އުފެއްދުންތައް އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނާނެކަމަށެވެ. މީގެއިތުރުން ސްޕަމާޓަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް މި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. ފިޝް އެންޑް މީޓް ފެސްޓް ކުރިއަށްދާނީ، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެސްޓީއޯއިން ބުނީ، ފިޝް އެންޑް މީޓް ފެސްޓް ސުޕަމާޓްގައި ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްސަދަކީ، ދުނިޔޭގެ މަޤްބޫލު ބްރޭންޑުތައް ކަސްޓަމަރުންނަށް އެއްތަނަކުން ލިބޭނެމަގު ތަނަވަސްކޮށް ދިނުންކަމަށެވެ.