ޚަބަރު

މީހެއްގެ ނަމުގައި އެހެން މީހަކު ވޯޓުލާފައިވާ މައްސަލައެއް ބަލަނީ


ލޯކަލް ކައުންސިލް އިންތިޚާބު 2017ގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ވޯޓްލާން މީހަކު ދިޔައިރު އެމީހާގެ ނަމުގައި އެހެންމީހަކު ވޯޓްލާފައިވާ މައްސަލައެއް ސީރިއަސް މައްސަލައެއްގޮތުގައި ބައްލަވަމުންދާ ކަމަށް އިންތިޚާބާގުޅޭ ކޮމްޕްލެއިންޓްސް ބިއުރޯއިން ހާމަކުރައްވައިފިއެވެ.

އެބިއުރޯ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު 3 ޖެހުމާ ހަމަޔަށް އިންތިޚާބާގުޅޭ 30 ޝަކުވާއެއް އެބިއުރޯއަށް ހުށަހަޅާފައިވެއެވެ. އެއީ އަނގަ ބަހުން ހުށައަޅާފައިވާ 25 ޝަކުވާ އާއި، ލިޔުމުން ހުށައަޅާފައިވާ 5 ޝަކުވާއެވެ.