ވިޔަފާރި

އެމްޓީސީސީން ޚާއްޞަގޮތުން ކުރާ ޢާންމު ޖަލްސާ މި މަހުގެ 18 ގައި


އެމްޓީސީސީން ޚާއްޞަގޮތުން ކުރާ ޢާންމު ޖަލްސާ މި މަހުގެ 18 ވަނަދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ކުރިން މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް މި ޖަލްސާ ފަސްކޮށްފައިވާ ކަމަށާއި، މިހާރު އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 09:00 ގައި  ހޮޓެލް ޖެންގައި ބާއްވާ މި ޖަލްސާގައި މިމަހުގެ 10 ވަނަ ދުވަހު ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ޙިއްޞާދާރުންނަށް ބައިވެރިވެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. މި ޖަލްސާގައި ބޯޑު މެމްބަރުންގެ ޢަދަދު މަދުކުރުމަށް ހުށައެޅުމަށްވަނީ ނިންމާފައެވެ.

އަދި މިހާރު ތިބި ޙިއްޞާދާރުންނަށް އިތުރު ޙިއްޞާ ގަތުމުގެ ފުރުސަތު ދިނުމަށް ބޯޑުން ނިންމާފައިވާ ނިންމުން ޙިއްޞާދާރުންގެ ގަރާރަކުން ފާސްކޮށް، ހިންގާ ގަވައިދަށް ބަދަލު ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ.