ޚަބަރު

ޢުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް މިފްކޯއިން ފަށައިފި


ޤުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ޢުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް މިފްކޯއިން ފަށައިފިއެވެ.

ރޯދަމަހާ ގުޅުވައިގެން ފަށާފައިވާ މި ޕްރޮމޯޝަނަކީ މިފްކޯގެ ފަސްމީރު ބްރޭންޑަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ފަސްމީރު މަސްދަޅަކަށް، އަދި ގަންނަ ކޮންމެ މަސްކޭހަކަށް ކޫޕަން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ފަސްމީރު އޮބިނޯވެ" ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޫޕަން ފޮށިތައް މިފްކޯ މަސް ފިހާރަގައާއި، އެސްޓީއޯ ސްޕަރ މާޓުގައާއި، މިފްކޯ ގަލޮޅު ފިހާރައިގެ އިތުރުން، ހުޅުމާލެ މިފްކޯ ފިހާރައިގައި ބަހައްޓާފައި ހުންނާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަނާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިފްކޯގެ ހެޑް އޮފް ޕްރޮކިއުމަންޓު މުޙައްމަދު ލަމްހާން ވިދާޅުވީ އުމްރާ ދަތުރުތަކުގެ އިތުރުން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ޙާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފަސްމީރު އޮބިނޯވެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ފަންސަވީހުގެ ނިޔަލަށެވެ. މިފްކޯއިން ހާމަކުރާގޮތުގައި ރޯދަމަހަށް ޙާއްސަ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ހުރި ދުވަސްތަކުގައި ފެށޭނެއެވެ.