ޚަބަރު

ސްޕައިސް ޖެޓުގެ ދަތުރުތައް ޓްރިވެންޑްރަމަށް ފަށަނީ


އިންޑިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ ސްޕައިސް ޖެޓުން، ޓްރެވިންޑްރަމާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. 

އަންނަ ބުދަދުވަހު މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ޓްރެވިންޑްރަމާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ 78 ގޮނޑީގެ ބޮމްބާޑިއާ ކިއު ފޯ ހަންޑްރެޑު މަރުކައިގެ ބޯޓެއްކަމަށް ސްޕައިސް ޖެޓުން ބުނެއެވެ. ޓްރެވެންޑްރަމަކީ ދިވެހިން އެންމެ ގިނަ ޢަދަދަކަށް ބޭސް ފަރުވާއަށް ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ސްޕައިސް ޖެޓްގެ ދަތުރުތަކާއެކު ޓްރެވިންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށް އިންޑިއާގެ ކޮޗިންއަށްވެސް ސްޕައިސް ޖެޓުގައި ދެވޭނެ ކަމަށް އެއަރލައިނުން ހާމަކުރެއެވެ.

ސްޕައިސް ޖެޓުން އަންނަނީ މިމަހުގެ ސޯޅަވަނަ ދުވަހު އިންޑިއާގެ ކަލްކަތާއާއި ބަންގްލަދޭޝްގެ ޑާކާއާ ދެމެދު ދަތުރުތައް ފެށުމަށްވެސް ތައްޔާރުވަމުންނެވެ.