ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ


ކްލަބް މޯލްޑިވްސްކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ 4 ޓީމް ކަށަވަރު ވެއްޖެއެވެ. 

ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ވާދަކުރާ ވާދަވެރި ފުޓްސަލް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދި 4 ޓީމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ޔުނައިޓެޑް ބީއެމްއެލް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. އެމްޕީއެލް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ވަރުގަދަ އެސްޓީއޯ ބަލިކުރުމަށްފަހުއެވެ. އެސްޓީއޯގެ މައްޗަށް އެމްޕީއެލް ކުރިހޯދީ ހަލަނޑު ތިންލަނޑުންނެވެ. ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ޖާގަ ހޯދީ ކުއާޓާފައިނަލްގައި ސްޓެލްކޯގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ދެޓީމް ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޔުނައިޓެޑް ބީއެމްއެލް ކުރިހޯދީ 2-1 އިންނެވެ.. އެންމެ ފަހުގެ ރަނަރއަޕް އެމްއާރުޑީސީ ސެމީ ފައިނަލުން ޖާގަހޯދީ އެލައިޑްގެ މައްޗަށް ފަސޭހަކަމާއެކު 6-2 އިން ކުރިހޯދައިގެންނެވެ. ކުއާޓާ ފައިނަލް ފަހު މެޗް އެމްއޭސީއެލް ކާމިޔާބުކުރީ ހައުސިން މިނިސްޓްރީގެ މައްޗަށް ކުރިހޯދައިގެންނެވެ. އެމްއޭސީއެލް މެޗް ކާމިޔާބުކުރީ 6-3 އިންނެވެ. 

މުބާރާތުގައި މިރޭ ކުޅޭނީ އެއިޓީން ޓު ތާރޓީ ވިމެންސް ފުޓްސެލް ފިއެސްޓާގެ ސެމީފައިނަލް ދެމެޗެވެ. ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.