ކުޅިވަރު

ތ.އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ތ.އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ދިފާއުކޮށްފިއެވެ. މިދިޔަ އަހަރުވެސް ފައިނަލް ބުރުގައި ވާދަކުރި ތިމަރަފުށި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވިލުފުއްޓާ ވާދަކޮށް 5-0 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގައި ތިމަރަފުށީ ޓީމްގެ ފަސް ގޯލްގެ ތެރެއިން ފުރަތަމަ ތިން ގޯލްޖެހީ ބިދޭސީ ކުޅުންތެރިޔާ ކުއަޑިއޯ ޔާއޯއެވެ. ފަހު ދެ ލަނޑު ޖެހީ ސާމިލް ހަސަންއާއި، އަހުމަދު ޠާހިރުއެވެ. 

ތ.އަތޮޅުގެ ޗެމްޕިއަން ތިމަރަފުށި ދެން ވާދަކުރަން ޖެހޭނީ ޒޯން ޗެމްޕިއަންކަން ހޯދުމަށް ލ.އަތޮޅުގެ ޗެމްޕިއަން ޓީމާއެވެ. އެ ދެމެޗު ކުޅޭނީ މިމަހުގެ 8 އަދި 11 ގައެވެ. ފުރަތަމަ މެޗު ތިމަރަފުށީގައި އަދި ދެވަނަ މެޗު ކުޅޭނީ ލ.އަތޮޅުގައެވެ.

ދިވެހި ލީގު ކޮލިފައިންގއަށް ދަތުރުކުރާނީ އަށް ޒޯނުގެ ޗެމްޕިއަނުން ވާދަކޮށް ކުރި ހޯދާ ހަތަރު ޓީމެވެ.