ވިޔަފާރި

އެމްޓީސީސީން ޙިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމައިފި


އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްސާއަކަށް 24 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމަވާފައިވަނީ، އެންމެފަހުން ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ހިއްސާއަކަށް ބަހަން ޑިރެކްޓާރުންގެ ބޯޑުން ނިންމި އަދަދު ފާސްކުރާނީ ކުންފުނީގެ އަހަރީ އާއްމުޖަލްސާގައެވެ.

ދިވެހިންނަށް އެންމެ ފުރަތަމަ ޙިއްސާ ވިއްކަން ފެށި ކުންފުނި، އެމްޓީސީސީއަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 115 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އެމްޓީސީސީގެ 2015 ވަނަ އަހަރު ޙިއްސާއަކަށް 32 ރުފިޔާ ބެހިއިރު އެއަހަރު އެކުންފުނީގެ ސާފުފައިދާގެ ގޮތުގައި 156 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.