ތަޢުލީމު

ދިއްފުށީ ސްކޫލުގެ 6 ކްލާސްރޫމުގެ މަސައްކަތް ނިމިއްޖެ


ކ. ދިއްފުށީ ސްކޫލުގައި ސަރުކާރުން އިމާރާތްކޮށްދެއްވި 6 ކުލާސްރޫމްގެ މަސައްކަތް ނިންމައި، އެ ސްކޫލާއިހަވާލުކޮށްފިއެވެ.

ދިއްފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައި މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި، ސަރުކާރުން އެ ސްކޫލްގައި އަލަށް އިމާރާތް ކުރެއްވި 6 ކްލާސްރޫމްގެ މަސައްކަތަށް 6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކްލާސްރޫމްތައް އިމާރާތްކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ މަޝްރޫޢަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. އެގޮތުން، ސްކޫލްތަކުގެ އިމާރާތްތައް އިތުރުކުރުމާއި، މަރާމާތުކުރުމަށާއި، ސްކޫލްތަކުގެ އިންފްރާ ސްޓްރަކްޗަރަށް ގެނައި ބަދަލުތަކަށް އެކަނި ބަލާލިނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް، އަށްޑިހައެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވާފައިވެއެވެ.

ތަޢުލީމު އުގަންނައިދިނުމަށް ބޭނުންކުރާ ވަޞީލަތްތައް ހަމަކުރުމާއެކު، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ގެންދްވަނީ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާ ތަންފީޒް ކުރައްވަމުންނެވެ.