ދީން

ރަތަފަންދޫގައި ސަރުކާރުން ބިނާކުރެއްވި މިސްކިތް ހުޅުއްވައިފި


ގދ. ރަތަފަންދޫގައި ސަރުކާރުން ބިނާކުރެއްވި މިސްކިތް, މަސްޖިދުލް ރަޙުމާން ހުޅުއްވައިފިއެވެ.

''މަސްޖިދުލް ރަޙުމާން'' ހުޅުއްވައިދެއްވީ، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެރަށުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ބަޖެޓުން 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ރަތަފަންދޫގައި ބިނާކުރެއްވި މި މިސްކިތަކީ، ހަތްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ. 

މި މިސްކިތުގެ މަސައްކަތް ފަށްޓަވާފައިވަނީ، ދެހާސް ތޭރަވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މިސްކިތް ޢިމާރާތްކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ހިންގަވާ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް ރަމަޟާން މަހު 19 ރަށެއްގެ މިސްކިތް ނިންމަވައި ބޭނުންކުރެވެން ފެށޭވަރުވާނެ ކަމަށް އިސްލާމިކް ނިސްޓްރީން ވިދާޅުވެއެވެ.