ދީން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގުރައިދޫގައި ހުޅުވައިފި


ޤުރުއާނާބެހޭ ޢިލްމު ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ތ.ގުރައިދޫގައި ހުޅުއްވައިދެއްވައިފިއެވެ.

ތ.ގުރައިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ގުރައިދޫ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި ހުޅުއްވައިދެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއެވެ. ގުރައިދޫ ރަށު ކައުންސިލުން ޚަރަދުކުރައްވައިގެން ޤާއިމްކުރެއްވި މިސެންޓަރުގައި ދެ ކްލާސް ރޫމް ހުރެއެވެ. މިތަނުގައި ޤުރުއާނާބެހޭ މަރުކަޒުން ހިންގަވަމުން އަންނަ ޤުރުއާނާބެހޭ ތަފާތު ކޯސްތައް ހިންގެވުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

މިނިސްޓްރީން ވިދާޅުވީ، ގުރައިދޫ ޤުރުއާނާބެހޭ މަރުކަޒަށް ބޭނުންވާ ޓީޗަރުން ހަމަޖެހި، ކުރިއަށް އޮތް ރަމަޟާންމަހަށްފަހު ކޯސްތައް ފެށްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ، މިހާތަނަށް ފަނަރަ އަތޮޅެއްގައި އެ މަރުކަޒުގެ ގޮފިތައް ހުޅުވައި، އެތަންތަނުގައި އެކިއެކި ކޯސްތައް ހިންގަމުންނެވެ.