ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވައިދެއްވައިފި





 


 ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޤައުމުގެ ހާލަތު ބަޔާން ކުރައްވައި ރިޔާސީ ބަޔާން އިއްވައިދެއްވައިފިއެވެ.


 

ރައްޔިތުނެގެ މަޖްލީސް މިއަހަރަށް ހުޅުވުމަށްޓަކައި ބާއްވާ ޖަލްސާ ފަށްޓަވައިދެއްވުމުގެ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މަޤާމާ ހަވާލުވިއިރު، ދިވެހި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށާއި މިޙާލަތުގައި ޤައުމު އަލުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އޮންނަންވާ ހަމަހަމަކަމާއި، ހަމަޖެހުމާއި، އަމަންއަމާންކަން އޮތީ ގެއްލިފައި ކަމަށާއި ސިޔާސީ ވިސްނުމާއި ފިކުރުގެ ސަބަބުން ޤައުމު އޮތީ ހަލަބޮލިކަމެއްގެ ތެރޭގައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، މިއަދު ޤައުމުގެ ކަންކަން ހަމަ މަގަށް އެޅެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.



 
ރައްޔިތުނެގެ މަޖްލީސް މިއަހަރަށް ހުޅުވުމަށްޓަކައި ބާއްވާ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ މި ވޭތުވެދިޔަ އަހަރު ކުރެވުނު ކަންތައްތަކާއި ކުރިޔަށް މިރާއްޖޭގެ ތަރައްޤީއަށް ރޭވިފައި ހުރި މުހިއްމު މަޝްރޫޢުތަކުގެ މަޢުލޫމާތު މަޖިލީހާ ހިއްސާކޮށްފައެވެ. ކޮންމެ ދައުރެއްވެސް ފަށައިދޭ މަޖިލީހުގެ ޖަލްސާގައި އެއިރެއްގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން ރިޔާސީ ބަޔާން އިއްވުން ޤާނޫނު ލާޒިމްކުރެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދޭން ބާއްވާ މިޖަލްސާގައި 64 މެމްބަރުން ބައިވެރިވެވަޑައިގަތެވެ.