ކުޅިވަރު

ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ވަރުގަދަ ގްރޫޕަކަށް


އޭޝިޔަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝީޕްގައި ދިވެހިރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ. 

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ދެކުނު ކޮރެޔާގައި ފަށާ އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އޭޝިޔާގެ ވަރުގަދަ ތިން ޤައުމުކަމަށްވާ ސްރީލަންކާ، ހޮންކޮންގ ތައިލެންޑްގެ އިތުރުން ޕާކިސްތާނެވެ. 

ދިހަ ޓީމް ވާދަކުރާ މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މެލޭޝީޔާ، ސިންގަޕޫރު، ޗައިނީސް ތައިޕޭ، އިންޑިޔާ އަދި ދެކުނު ކޮރެޔާއެވެ. 

ގްރޫޕްގެ ފުރަތަމަ މެޗުގައި މެއި 6 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ތައިލެންޑާއި ވާދަކުރާއިރު، ތިންވަނަ މެޗުގައި ނިކުންނާނީ ހޮންކޮންގއާއި ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ދިވެހި ޓީމް މެއި ދިހަވަނަ ދުވަހު ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. 

އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ޒުވާން ނެޓްބޯޅަ ޓީމަށް އިރުޝާދުދޭނީ އައިމިނަތު ހަލީމް (ދިލް)އެވެ. އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަމަޖައްސާފައިވަނީ އައިމިނަތު ލޫނާ މޫސާއެވެ. ޓީމްގެ ކެޕްޓަނަކީ ހަމްނާ އަބްދުއްރަހުމާނެވެ. އަދި ޓީމްގެ ވައިސް ކެޕްޓަނަކީ ހަނާން ހުސައިނެވެ. 

މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމް އަންނަނީ ހެނދުނާއި ހަވީރު ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.