ޚަބަރު

އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. 

ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ، ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރި ކުންފުނިތައް ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިކަމުގެ އިންޑަސްޓްރީ ޕްރޮމޯޓްކޮށް މާކެޓް ކުރުންކަމަށް ފިޝަރީޒް ޕްރޮމޯޝަން ބޯޑުން މައުލޫމާތުދެއެވެ. މިއެކްސްޕޯގައި ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި ރާއްޖޭގެ ނުވަ ކުންފުންޏެއް ބައިވެރިވެއެވެ. އެ ކުންފުނިތަކަކީ މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، މޯލްޑިވް މެރައިން ޕްރޮޑަކްޓް، ސީސްޕަޔަރ، ބިގްފިޝް، ޔޫރޯ ގްލޯބަލް، އަދި އޯޝަން ފްރެޝްއެވެ.

ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ޝިއާން ވަނީ، ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރައްވާ، އެކްސްޕޯގައި ބައިވެރިވެރިވާ ރާއްޖޭގެ ކުންފުނިތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.