ވިޔަފާރި

ސެންޗޫރިއަންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ސެންޗޫރިއަންގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓުކޮށް، ޢާންމުކޮށް ޙިއްޞާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި ސެންޗޫރިއަން ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަމަހުގެ ފަނަރައިގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން ޙިއްސާދާރުން ބޭނުންވާ ފަރާތެއް ޑިރެކްޓަރުންގެ ބޯޑަށް ނޮމިނޭޓް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ޑައިރެކްޓަރސް ބޯޑަށް ހޮވޭ ފަރާތްތަކުގެ ނަންތައް އާއްމުކުރައްވާނީ އަންނަ މަހު ފަހުކޮޅު ބާއްވާ އަހަރީ އާއްމު ޖަލްސާގައިކަމަށް ސެންޗޫރިއަން ކުންފުނިން ބުނެއެވެ.

ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ޙިއްސާ ވިއްކާފައިވަނީ ޙިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިއަން ރުފިޔާގެ ޙިއްސާއެވެ. އެއީ، ކުންފުނީގެ 49 އިންސައްތަ ޙިއްސާއެވެ.