ޚަބަރު

ޝަރީޢަތްތައް ނިމެންދެން ޒައިދުލްއަމީން ބަންދުގައި..!


މާލޭސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުވާގެ ޝަރީޢަތްތައް ނިމެންދެން ބަންދުގައި ބެހެއްޓެވުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވައިފިއެވެ.

މާލޭސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީންގެ މައްޗަށް ދައުލަތުން ވަނީ 3 ދަޢުވާއެއް އުފުއްލަވާފައެވެ. އެއީ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހާމަކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ދަޢުވާއާއި، ޤާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. ޒައިދުގެ މައްޗަށް މި ތިން ދައުވާ އުފުއްލަވާފައިވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް، ސިއްރުން ރެކޯޑްކޮށް އެއިން ވީޑިއޯހަދައި ވިއްކަން އުޅުނުކަމުގެ ތުހުމަތުގައެވެ.

މިދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. މި މައްސަލައިގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީވުމަށް ޒައިދުލްއަމީނަށް ފުރުޞަތު ދެއްވުމަށްފަހުއެވެ.