ކުޅިވަރު

އެގްޒެކެޓިވް ބިލިއަޑް މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލްއަށް


ސަރުކާރު ޙިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސް ބޭފުޅުންނަށް އަމާޒު ކުރައްވައިގެން ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކުރެއްވި އެގްޒެކްޓިވް ބިލިއަޑް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ހޯދައިފިއެވެ. 

ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ހޯލްގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލް ހޯދީ ފައިނަލްގައި ސީދާ ދެ ގޭމުން ކަސްޓަމްސް ބަލިކޮށްގެންނެވެ. މި މުބާރާތުގައި ވާދަކުރީ ކަސްޓަމްސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިތުރުން އެމްޓީސީސީ، އެމްޕީއެލް އަދި އެސްޓިއޯއެވެ. img:http://s1.psmnews.mv/images/660x400/14929620078264.gif|އެގްޒެކެޓިވް ބިލިއަޑް މުބާރާތުގައި ވާދަކުރި ކުންފުނިތަކުގެ އިސް ބޭފުޅުން - ފޮޓޯ/ކރކ

މިއީ ގުޅިގެން ތަފާތު އެތައް މަސައްކަތެއް ކުރަންޖެހޭ ކުންފުނިތަކުގެ މެދުގައި އޮންނަ އެކުވެރިކަން އާލާކޮށް، އެ ކުންފުނިތަކުން އާންމުންނަށްދޭ ޚިދުމަތް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ކުރިޔަށް ގެންދިއުމަށް ކުންފުނިތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ވަރުގަދަ ކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ މުބާރާތެއް ކަމަށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން މަޢުލޫމާތު ދެއްވައެވެ. އަދި އުއްމީދަކީ ކާމިޔާބު ކަމާއެކު މިމުބާރާތް ކުރިޔަށް އޮތްތާނގައި ހުއްޓާނުލާ ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދިއުންކަމަށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން މަޢުލޫމާތުދެއްވައެވެ. 

މޯލްޑިވްސް ފައިނޭންސް އެންޑް ލީޒިންގް ކޮމްޕެނީން ސްޕޮންސަރ ކޮށްގެން ކުރިޔަށް ގެންދެވި މިމުބާރާތުގައި ކުންފުނިތަކުގެ އިސްވެރިންވަނީ ވާދަކުރައްވާފައެވެ.