ޚަބަރު

ޒާޒާ ބަޖޯކްގެ މޭކަޕް ކޯސް މާލޭގައި ފަށައިފި


ލުބުނާނުގެ މަޝްހޫރު މޭކަޕް އާޓިސް ޒާޒާ ބަޖޯކް ގެ މޭކަޕް ކޯހެއް މާލޭގައި ފަށައިފިއެވެ.

އެންރޭންޖުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ކޯހުގައި 240 އެއްހައި މީހުން ބައިވެރިވެއެވެ.

ޖުމުލަ 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގެ ކޮންމެ ބެޗެއްގައި 80 މީހުން ބައިވެރިވެއެވެ. ކޮންމެ ބެޗެއްގެ ބައިވެރިންވެސް އެއްދުވަހުގެ ޓްރޭނިން ފުރިހަމަކުރާނެއެވެ. ޓްރޭނިން އޮންނާނީ ކޮންމެދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.  މިކޯސް ކުރިއަށްދަނީ ހޮޓެލް ޖެންގައެވެ. 

މި ކޯހުގައި ބައިވެރިންނަށް މޭކަޕް ކުރުމުގެ ތަމްރީން ދިނުމުގެ އިތުރުން، މޭކަޕާބެހޭ މުހިންމު މަޢުލޫމާތާއި، މޭކަޕްކުރުމުގައި ދިމާވާ އެކިކަންކަމާބެހޭ މަޢުލޫމާތު ދިނުން ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބައެއްވެސް ކުރިއަށްދާނެއެވެ.