ކުޅިވަރު

ނޭމާރ ފައިވް އައްޑޫ ކޮލިފިކޭޝަންގެ ޗެމްޕިއަނުންނަކީ އެފްސީ ލޯންސް


ނޭމާރ ފައިވް އައްޑޫ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން އެފްސީ ލޯންސް ހޯދައިފިއެވެ. 

އެފްސީ ލޯންސް ކޮލިފައިވެފައިވަނީ ޔަންގް މެޖެންޓާރއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިކޮލިފިކޭޝަންގައި ގދ.ތިނަދޫން ކޮލިފައިވެފައިވަނީ ރެޑްބުލް ފަހެންއެވެ. ރެޑްބުލް ފަހެން ކޮލިފައިވެފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަން 3-0 ބަލިކޮށްގެންނެވެ. ގދ.ތިނަދޫ ކޮލިފިކޭޝަންގައި 25 މެޗް ކުޅެފައިވާއިރު، 95 ގޯލް ޖަހާފައިވެއެވެ. ނޭމާރ ފައިވް ކޮލިފިކޭޝަން ކުރިއަށްދަނީ ރާއްޖޭގައި 8 ރަށެއްގައި ކޮލިފިކޭޝަން މެޗްތަށް ކުޅުމަށްފަހު، ހުރިހާ ކޮލިފައިން ޓީމްތަކުގެ މެދުގައި ނެޝަނަލް ފައިނަލް އެއް ކުޅޭ ގޮތަށެވެ. 

މިއަހަރު ރާއްޖޭގައި ނޭމާރ ފައިވްގެ ކޮލިފިކޭޝަން މެޗްތަށް ކުރިއަށްދާނީ ގދ.ތިނަދޫ، ސ.ގަން، ފުވައްމުލައް، ހދ.ކުޅުދުއްފުށި، ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ގއ.ވިލިގިނލި އަދި މާލެގައެވެ. ނެޝަނަލް ކޮލިފިކޭޝަން މެޗްތަށް މާލޭގައި ކުރިއަށްދާނީ އަންނަ މަހުގެ 20ގައެވެ.