ޚަބަރު

ޢުމުރުން 29 އަހަރުގެ ޒުވާނަކު މަރާލައިފި


މަރުވެފައި އޮތް ޒުވާނަކު މާފަންނު ގެއެއްގެ ސިޑިކައިރިން ފެނިއްޖެއެވެ. 

މަރުވެފައިވަނީ ޢުމުރުން 29 އަހަރުގެ ޒުވާނެކެވެ. އޭނާ ފެނުނީ ޒަޚަމްތަކަކާއެކު، މާފަންނު ބިސްބުރު ކައިރީގައި ހުރި ގެއެއްގެ ސިޑިކައިރީގައި އޮއްވައެވެ. ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި ރޭ މެންދަމު 2:59 އެހައިކަންހާއިރު، މިޒުވާނާ ގެއެއްގެ ސިޑިކައިރިން ފެނުމާއެކު އައިޖީއެމްއެޗަށް ގެންދިޔަކަމަށާ، އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. 

މަރުވެފައި އޮއްވައި ފެނިފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ޙަރަކާތްތެރިވާ ސ. ފޭދޫއަށް ނިސްބަތްވާ ޒުވާނާ، ޔާމީން ރަޝީދުކަމަށް ޕީއެސްއެމްއަށް ވަނީ ޔަޤީންކުރެވިފައެވެ. 

ފުލުހުން ބުނީ ބޮޑެތި ޒަޚަމްތަކަކާއެކު އޮއްވައި ފެނުނު މިޒުވާއަކީ، ގަސްތުގައި ބަޔަކު ޙަމަލާދީ މަރާލާފައިވާ މީހެއްކަމަށެވެ.  

tw:https://twitter.com/PoliceMv/status/855978214841176064

މިމައްސަލައިގެ ތަހުޤީގު ފުލުހުން ސީރިއަސް އެންޑް އޮގަަނައިޒް ކްރައިމް ޑިިޕާޓްމަންޓުން މިހާރު އަންނަނީ ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 

tw:https://twitter.com/PoliceMv/status/855978441002205184

ޔާމީން ރަޝީދަކީ އިޖުތިމާއީ ތަފާތު ކަންކަމާގުޅޭގޮތުން ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުންދިޔަ މީހެކެވެ. 

img:http://s3.psmnews.mv/images/660x400/14929234329909.jpg|ޔާމީން މަރާލާފައި އޮތް ސަރަހައްދު، ފުލުހުން ބަންދުކޮށްފައި - ފޮޓޯ: ޕީއެސްއެމް