ކުޅިވަރު

ސްވިމިންގް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަންނަ މަހު ބައްވަނީ


މަކިޓާ 15ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. 

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތުދިން ގޮތުގައި މަކިޓާ 15ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 3 ން  6 އެއްގެ ނިޔަލަށެވެ. 5 އުމުރުފުރާއަކުން ވާދަކުރާ މިމުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީތަށްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވައެވެ. 10އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މަތި ހިމެނެއެވެ. މިމުބާރާތް ކުރިއަށްދާނީ ފްރީ ސްޓައިލް ކެޓަގަރީއާއި، ބެކްސްޓްރޯކް ކެޓަގަރީއާއި، ބްރެސްޓް ސްޓްރޯކް ކެޓަގަރީ އަދި އިންޑިވިޖުއަލް މިޑް ރިލޭކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތުދިނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި މުބާރާތް ކުރިއަށްދާނީ ބީއެމްއެލް ސްވިމިންގް ޓްރެކްގައިކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތުދިނެވެ.