ކުޅިވަރު

އިންޓަރ ސްކޫލް ފުޓްބޯޅަ: 18 އަހަރުން ދަށުގެ ފައިނަލަށް ވިލާ


މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފައިނަލުން ވިލާ އިންޓަރ ނޭޝަނަލް ހައި ސްކޫލް ޖާގަ ހޯދައިފިއެވެ. 

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ދ.އަތޮޅު ތަޢުލީމީ މަރުކަޒާއި ވާދަކޮށް 2 ލަނޑު 2 ލަނޑުން މެޗް އެއްވަރުވި ނަމަވެސް، ޕޮއިންޓްގެ ގޮތުން ކުރި ހޯދައިގެންނެވެ. 5 ޓީމް ވާދަކުރާ މިއުމުރުފުރާގައި ވިލާ ފައިނަލުން ޖާގަ ހޯދީ 4 މެޗުން 8 ޕޮއިންޓް ހޯދައިގެންނެވެ.

 ދ.އަތޮޅު ތަޢުލީމީ މަރުކަޒަށް 3 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ސީއެޗްއެސްއީއަށްވެސް 3 މެޗުން 5 ޕޮއިންޓް ވަނީ ލިބިފައެވެ. މިހާރު ކަޓާފައިވާ އަހުމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަރަބިއްޔާ ސްކޫލަށް މިހާތަނަށް އެއްވެސް މެޗެއް ކާމިޔާބެއް ނުކުރެވެއެވެ. މިމުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާނީ އަންނަ ހޯމަ ދުވަހު ހަވީރު ސީއެޗްއެސްއީއާއި ދ.އަތޮޅު ތަޢުލީމީ މަރުކަޒު ވާދަކުރާ މެޗަށްފަހުއެވެ. މެޗުން މޮޅުވެގެން ނޫންގޮތަކަށް ސީއެޗްއެސްއީއަށް ފައިނަލުން ޖަގައެއް ލިބެންނެތްއިރު، ދ.އަތޮޅު ތަޢުލީމީ މަރުކަޒަށް މެޗު އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މިއަދު ވިލާއާއި ދ.އަތޮޅު ތަޢުލީމީ މަރުޒަރު ވާދަކުރި މެޗްގައި ވިލާގެ 2 ލަނޑު ކާމިޔާކޮށްދިނީ އިޔާން އަހުމަދު ރަޝީދުއާއި މުހައްމަދު ޝަމްވީލްއެވެ. ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ހަސަން ޔަސާޢު ޝަރީފްއާއި މުހައްމަދު ޝަޒީލްއެވެ.