ކުޅިވަރު

އަނިޔާގެ ސަބަބުން ކްލެސިކޯ މެޗުގައި ބޭލްއަށް ނުކުޅެވޭނެ


މާދަމާރޭ އެލް ކްލެސިކޯ މެޗުގައިވެސް އަނިޔާގެ ސަބަބުން ބޭލްއަށް ނުކުޅެވޭނެކަމަށް ރިއަލް މެޑްރިޑުން ބުނެފިއެވެ.

ހަތާވީސް އަހަރުގެ ވޭލްސްގެ ކުޅުންތެރިޔާއަށް އަނިޔާވެ، އެންމެ ފަހުން ރިއަލް މެޑްރިޑް ކުޅުނު ދެ މެޗުގައިވެސް ބޭލްއަށް ނުކުޅެވެއެވެ. އޭގެ ތެރޭގައި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލް ދެވަނަ ލެގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅުނު މެޗް ފާހަގަކޮށްލެވެއެވެ. ބޭލްއަށް ނުކުޅެވޭއިރު، ރިއަލް މެޑްރިޑަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ބާސެލޯނާގެ ފޯވާރޑް ނޭމާރއަށްވެސް މާދަމާ ރޭގެ މެޗްގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ. 

ރިއަލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ބޭލް ނެތުމަކީ މާދަމާ ރޭގެ މެޗަށް ނިކުންނައިރު އެ ޓީމަށް ލިބޭނެ ނިކަމެތިކަމެއް ކަމަށާއި، އެހެންނަމަވެސް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާކަމަށެވެ. 

ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ބުނީ ނޭމަރ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއްނަމަވެސް އެ މަޤާމް ފޫބެއްދޭވަރުގެ ކުޅުންތެރިން އޭނާގެ ޓީމުގައި އެބަތިބިކަމަށެވެ.