ކުޅިވަރު

މޮންޓެކާލޯ ޓެނިސް މުބާރާތުގެ ސެމީފައިނަލުން ނަދާލް ޖާގަ ހޯދައިފި


މިހާރު ކުރިއަށްދާ އޭޓީޕީ މޮންޓެކާލޯ ރޮލެކްސް މާރސްޓާސް ޓެނިސް މުބާރާތުގެ ސެމީފައިނަލުން ރަފައެލް ނަދާލް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ހަތަރު ވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަދާލް ސެމީފައިނަލުން ޖާގަ ހޯދީ ކުއާރޓާ ފައިނަލްގައި އާރޖެންޓީނާގެ ޑިއޭގޯ ސްވާޒްމަންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ ސެޓްތައް ނަދާލް ގެންދިޔައީ 6-4، 6-4 ންނެވެ. 

މުބާރާތުގެ ދެވަނައަށް ސީޑްކޮށްފައިވާ ސާރބިއާގެ ނޯވަކް ޖޮކޮވިޗް ވަނީ މުބާރާތުގެ ކުއާރޓާ ފައިނަލުން ކަޓާފައެވެ. ޖޮކޮވިޗް މުބާރާތުން ކެޓީ ކުއާރޓާ ފައިނަލްގައި މުބާރާތުގެ ދިހަ ވަނައަށް ސީޑްކޮށްފައިވާ ބެލްޖިއަމްގެ ގޮފިންއާ ވާދަކޮށް ދެ ސެޓް އެއް ސެޓުން ބަލިވެގެންނެވެ. މި މެޗްގެ ސެޓްތައް ގޮފިން ގެންދިޔައީ 6-2، 3-6 އަދި 7-5 ންނެވެ. 

ސެމީފައިނަލުން ދެން ޖާގަ ހޯދާފައިވަނީ މުބާރާތުގެ އެގާރަ ވަނައަށް ސީޑްކޮށްފައިވާ ފްރާންސްގެ ޕައުއިލްއާ، މުބާރާތުގެ ފަނަރަވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ރާމޯސް ވިނޮލާސްއެވެ.