ޚަބަރު

ބިހުރޯޒް މިސްކިތުގެ ގޯތިތެރޭގައި ނަމާދު ނުކުރުމަށް އަންގަވައިފި


ބިހުރޯޒް މިސްކިތުގެ ގޯތިތެރެ ކޮނުމުގެ ތެރޭގައި ޤަބުރު ފެނިފައިވާތީ، އެމިސްކިތުގެ ގޯތިތެރޭގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

އެމިސްކިތުން ގަބުރު ފެނިފައިވަނީ، ރަމަޟާން މަހަށް މިސްކިތުގެ ގޯތިތެރެ ހިޔާކުރުމަށްޓަކައި އަމިއްލަ ފަރާތަކުން ކުރަމުންގެންދިޔަ މަސައްކަތުގެ ތެރެއިންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެމިސްކިތުގެ ގޯތިތެރޭގައި ނަމާދު ނުކުރާގޮތަށް ނިންމީ އެތަނުގައި ގަބުރު ހުރުމަކީ އެކަށީގެންވާކަމެއްކަމަށް ފެންނާތީކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިސްކިތުގެ ގޯތިތެރޭގައި ނަމާދު ކުރުން ހުއްޓާވާލި ނަމަވެސް، މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.