ދީން

"ޚިޔާލު ތަފާތުވިޔަސް މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ"


ހިތްހަމަނުޖެހުމާއި ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް ބިންމަތީގައިވާ މާތްﷲ ގެ ގޮކޮޅުކަމަށްވާ މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

އެ މިނިސްޓްރީ މިގޮތަށް އިލްތިމާސްކުރެއްވީ އިސްލާމީ މަރުކަޒުގެ ބޭރު ފާރުގައި ބަޔަކު މީހުން ހުތުރު ބަހުން ލިޔުމާއި ގުޅިގެންނެވެ. މި މައްސަލަ

ފުލުހުން ގެންދަވަނީ ތަޙްޤީގް ކުރައްވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކިތަންމެ ބޮޑު ހިންހަމަނުޖެހުމާއި ޚިޔާލުތަފާތުވުން އުފެދުނުނަމަވެސް އިސްލާމްދީނުގައި ހުރުމަތްތެތިކުރައްވާފައިވާ ތަންތަނަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާކަމަށެވެ. ވަކިން ޚާއްސަކޮށް މި ބިންމަތީގައިވާ ﷲ ގެ ކޮޅަކީ މިސްކިތްތައްކަމަށެވެ. އަދި  މިސްކިތްތަކަކީ ބިންމަތީގައި އިމާރާތްކުރާ އެންމެ މުގައްދަސް ބިނާކަން އެންމެންވެސް ދަންނަ ޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.