ވިޔަފާރި

ދިރާގުގެ އަހަރީ ޢާއްމު ޖަލްސާ މާދަމާރޭ ބާއްވަނީ


ދިރާގުގެ އަހަރީ ޢާއްމު ޖަލްސާ މާދަމާރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުގެ 28 ވަނަ އަހަރީ ޢާންމު ޖަލްސާގައި އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑް ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. ދިރާގުގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ދިރާގުން ހާމަކުރެއެވެ.

ދިރާގަށް މިދިޔަ އަހަރު 2.5 ބިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 1.092  ބިލިޔަން ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 14 ރުފިޔާ 97 ލާރިއެވެ.