ވިޔަފާރި

ސެލްފީއެއް ނަގައިގެން 40،000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް!


އިވޯ ޝޯވްރޫމްގައި ބަހައްޓާފައިވާ ޑިސްޕްލޭއާއި އެކު ސެލްފީއެއް ނަގައިގެން 40,000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ޕްރޮމޯޝަނެއް އީވޯ ހޯމްއިން ފަށައިފިއެވެ.

ގެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގޭ ސާމާނު ވިއްކާ މަޝްހޫރު ފިހާރަ އީވޯ ހޯމްގެ 4 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި މި ޕްރޮމޯޝަން މިމަހުގެ ވިހިވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދާނެކަމަށް އެފިހާރައިން ބުނެއެވެ. 

މި ޕްރޮމޯޝަންގައި އީވޯ ފިހާރައިން ވިޔަފާރިކުރާ ފުރަތަމަ 44 ފަރާތަކަށް %25ގެ ޑިސްކައުންޓަކާއި، ޚާއްސަ ހަދިޔާއެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި އެފިހާރައިގެ ޝޯވްރޫމްގައި ބަހައްޓާފައިވާ ޑިސްޕްލޭއާއި އެކު ސެލްފީއެއް ނަގާ ފޭސްބުކްގައި ޝެއަރ ކޮށްގެން 40،000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އީވޯގެ މާކެޓިން މެނޭޖަރ ރިޒްމާ ރަޝީދު ވިދާޅުވީ މި ގިފްޓް ވައުޗަރ އީވޯގެ ހަތަރު ފިހާރައިގައިވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އިތުރުން، ޙާއްސަ ވައުޗަރ ތަކެއްވެސް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މި ޕްރޮމޯޝަންގެ ތެރެއިން ލައިވް ކުކިންގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ރިޒްމާ ވިދާޅުވިއެވެ.

އީވޯ ހޯމްއިން، ބަދިގެއަށާއި، ބެޑްރޫމް އަދި ސިޓީން ރޫމަށް ބޭނުންވާ ފަރުނީޗަރ ލިބެންހުރެއެވެ. އަދި ބަދިގެ ސެޓާއި، ގޭގައި ހިފާ ގެންގުޅޭ ތަކެތިވެސް ލިބެން ހުރެއެވެ. މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ސައިޒަށާއި ސްޕެސިފިކޭޝަނަށް އެކި ފަރުނީޗަރ ހަދައިގެން ރާއްޖެއިން ބޭރުން ގެނައުމުގެ ޚިދުމަތްވެސް އީވޯއިން ފޯރުކޮށްދެއެވެ.