ސިއްހަތު

ރާއްޖޭގައި ފުރަތަމަ ލައިވްކުރާ، މައިބަދައިގެ އޮޕަރޭޝަން!


މޯލްޑިވްސް ސްޕައިން ކޮންފަރެންސް 2017 ނުވަތަ ރާއްޖޭގައި ފުރަތަމަފަހަރަށް ލައިވްކުރާ މައިބަދައިގެ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ފަށައިގެން ކުރިއަށް ކުރިއަށް އެބަދެއެވެ. 

މި ކޮންފަރެންސްގެ ބައެއްގެ ގޮތުގައި މިއަދު ކުރާ މައިބަދައިގެ އޮޕަރޭޝަނެއް މިހާރުދަނީ ލައިވް ކުރަމުންނެވެ. ކަރުގެ ޑިސްކެއް ބަދަލުކުރަން ކުރާ މި އޮޕަރޭޝަނަކީ ރާއްޖޭގައި ކުރާ މިޒާތުގެ ފުރަތަމަ އޮޕަރޭޝަންކަމަށް އޭޑީކޭއިން މައުލޫމާތުދެއްވައެވެ.

އަދި މި އޮޕަރޭޝަން ކުރަމުންދާއިރު އެ މަންޒަރު، އޭޑީކޭ ކޮންފަރެންސް ހޯލުގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ހެލްތު ސައިންސްގެ ކްލާސް ރޫމްތަކަށްވެސް ވަގުތުން ފެންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

fb:https://www.facebook.com/ADKHospital/videos/1588280041200350/?hc_ref=PAGES_TIMELINE

އޭޑީކޭ ހޮސްޕިތަލާއި، ދިވެހިރާާއްޖޭގެ ޤައުމީ ޔުނިވަރަސިޓީއާ ގުޅިގެން މި ކޮންފަރެންސް ލައިވް ފެށީ ރޭގެ ވަގިތެއްގައެވެ. މިކަން ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ހަބީބެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތާއި ތަޖުރިބާކާރު ޑޮކްޓަރުން ތިބި ނަމަވެސް ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާ މީހުން ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މިކަމަށް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ޑރ. އަލީ ފަވާޒް ވިދާޅުވިއެވެ. 

މި ކޮންފަރެންސާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، މި ކޮންފްރެންސްއަކީ ރާއްޖޭގައި ކުރިއަށް ގެންދެވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތްކަމަށެވެ.

މި ކޮންފަރެންސްގައި އެމެރިކާގެ ޚާއްސަ ދެ ޑޮކްޓަރަކާއި ސާކް ގައުމުތަކުގެ ބައެއް ޑޮކްޓަރުން ބައިވެރިވެއެވެ. އަދި ރާއްޖޭގެ ދެ ޑޮކްޓަރުން ކަމުގައިވާ ޑރ.އަލީ ނިޔާފް އާއި ޑރ. ޔޫސުފް ޝާން ވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.