ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ކ.އަތޮޅު ޗެމްޕިއަންކަން ގުރައިދޫއަށް


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ކ.އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ ހޯދައިފިއެވެ.

ގުރައިދޫ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އެރަށުގައި ކުޅުނު ފައިނަލްގައި މާފުއްޓާ ވާދަކޮށް 1-0 ން ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު 51 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނިމާޒު އަހުމަދެވެ. މިއަދު ފައިނަލް މެޗު ކުރިއަށްދިޔައީ ދެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ތަރުހީބާއެކުއެވެ. މިއީ މިމުބާރާތް ގުރައިދޫ ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. 

މިނިވަން ޗެމްޕިއަންޝިޕްގެ އދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ކުނބުރުދޫއެވެ. ކުނބުރުދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަންދޫއާއި ވާދަކޮށް 3-1 ން ކުރި ހޯދައިގެންނެވެ. މެޗުގައި ކުނބުރުދޫގެ ލަނޑުތައް ކާމިޔާބުކުރީ އަހުމަދު ޝަފްރާޒާއި، އަލީ ނިޝާހުއާއި، އަހުމަދު ރަޒްނީއެވެ. މަންދޫގެ ލަނޑު ޖެހީ އާދަމް ލަރީފެވެ. އދ.އަތޮޅުގައި ވާދަކުރީވެސް މިދެޓީމެވެ.