ޚަބަރު

އައިލެންޑް އޭވިއޭޝަނުން ފުލުހުންނާ ގުޅިގެން މަސައްކަތްކުރަނީ


މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އައިލެނޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ދެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށާއި، އައިލެންޑް އޭވިއޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅިގެންވަނީ މަޝަވަރާކޮށްފައެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރަމުންދާ އެއަރޕޯޓްތަކުގެ ސެކިއުރިޓީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އައިލެންޑް އޭވިއޭޝަނުން ދެމުންދާ ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން އާއިލާއާ ބައްދަލުކުރުމަށްޓަކައި ކުރަމުންދާ ދަތުރުތަކުގައި އައިލެންޑް އޭވިއޭޝަނުން ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށާއި އައިލެންޑް އޭވިޝަނަށް ފުލުހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މިމަޝްވަރާ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ހާރިސް އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްގެ އިތުރުން އައިލެންޑް އޭވިއޭޝަންއާއި މޯލްޑިވުސް ޕޮލިސް ސަރވިސްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.