ކުޅިވަރު

މާލޭ ލީގު ތާވަލްގެ ދެވަނަ މަޤާމަށް ކްލަބް އީގަލްސް ޖެހިލައިފި


ކްލަބް ވެލެންސިޔާގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ މާލޭ ލީގު ތާވަލްގެ ދެވަނަ މަޤާމަށް ކްލަބް އީގަލްސްއިން ޖެހިލައިފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗް ކްލަބް އީގަލްސްއިން ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މެޗްގައި އީގަލްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަންސަރުއާ، އަހުމަދު ނާޝިދުގެ އިތުރުން ނައުފަލްއެވެ. މެޗްގެ އިތުރު ވަގުތުގައި ވެލެންސިޔާގެ ޑިފެންޑަރ ޝިފާންއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. 

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު އީގަލްސް ތާވަލްގެ ދެވަނާގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ވެލެންސިޔާ ތާވަލްގެ ހަތްވަނާގައި އޮތީ ކުޅުނު ހަތަރު މެޗުން އެއް ޕޮއިންޓާއެކުއެވެ.

 މި މުބާރާތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.