ކުޅިވަރު

ޒޯން އެކެއްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދާ، ޕްރިމިއަރ ލީގު ކޮލިފައިން ބުރަށް ދަތުރުކޮށްފިއެވެ. 

ޒޯން އެކެއްގެ ފައިނަލްގައި ހއ.މާރަންދޫއާއި ވާދަކޮށް ކުޅުދުއްފުށި މެޗް ކާމިޔާބުކުރީ 2-1 ނެވެ. މެޗުގައި ކުޅުދުއްފުށީގެ ދެ ލަނޑު ޖަހައިދިނީ އަންވަރު އާދަމްއާއި ހުސައިން އަބްދުއްރަޝީދެވެ. މާރަންދޫގެ ލަނޑު ޖަހައިދިނީ މުޙައްމަދު ރަމީޒެވެ. މި މެޗުން މޮޅުވުމާއިއެކު ކުޅުދުއްފުށި ވަނީ ހުރިހާ ޒޯން ޗެމްޕިއަނުން ވާދަކުރާ ޕްރިމިއަރ ލީގުގެ ކޮލިފައިންގއިން ޖާގަ ހޯދާފައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ މ.އަތޮޅުގެ ޗެމްޕިއަންކަން މުލަކުންވަނީ ދިފާއުކޮށްފައެވެ. މުލައް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނާލާފުށި ބަލިކޮށްގެންނެވެ. ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށްވެސް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި މުލަކުން ނާލާފުށީގެ މައްޗަށް ކުރިހޯދީ 4-2 ނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ބިލެތްދޫއެވެ. ބިލެތްދޫ ފައިނަލް މެޗް ކާމިޔާބުކުރީ ފ.ނިލަންދޫއާއި ވާދަކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ދެ ޓީމް އެއްވަރުވުމުން ޕެނަލްޓީގައި 2-3ން ކުރި ހޯދައިގެންނެވެ.