ސިޔާސީ

މައުމޫންގެ މަސައްކަތްޕުޅާމެދު އަލީ ވަހީދު ސުވާލު އުފައްދައިފި!


ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި ހުންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަސައްކަތްޕުޅާމެދު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޢަލީ ވަޙީދު ސުވާލުއުފައްދަވައިފިއެވެ.

އިދިކޮޅު އެމްޑީޕީއާއި، ޖުމްހޫރީޕާޓީއާއި، ޢަދާލަތު ޕާޓީއާ ގުޅިވަޑައިގެން ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވާއިރު، އެމަނިކުފާނުގެ ހަތަރު ބޭފުޅުންގެ ތެރެއިން ދެބޭފުޅަކު، ސަރުކާރުގެ އިސް މަޤާމުތަކުގައިވެސް ތިއްބެވިކަން ފާހަގަކުރައްވައި ޢަލީވަޙީދުވަނީ ސުވާލު އުފައްދަވައި ޓްވީޓް ކުރައްވާފައެވެ. ޓްވީޓާގައި ޢަލީވަޙީދު ވިދާޅުވެފައިވަނީ އެންމެން ހަނާވާއިރު ރައީސް މައުމޫންގެ އާއިލާ ހަމަޔަށް ދެބައިކުރައްވައި، އެއްބައި ސަރުކާރުގައި އަނެއްބައި އިދިކޮޅު ފަރާތްތަކާއެކުގައި ބާއްވައިގެން ރައީސް މައުމޫން މަސައްކަތް ކުރައްވާކަމަށް ޢަލީވަޙީދު ސިފަކުރެއްވިއެވެ. ޢަލީ ވަޙީދު ވިދާޅުވީ ރައީސް މައުމޫނު މިގޮތަށް، އަމަލުކުރައްވައިގެން ގައުމާއި ރައްޔިތުންނަށްޓަކައި ނެރެވޭ ނަތީޖާ، އެމަސައްކަތަށް، ސަތޭކަ ޕަސެންޓް ދެއްވުމާ ވަރަށް ތަފާތުވާނެ ވާނެ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14905422416992.jpg|ރައީސް ނަޝީދު އާއި ރައީސް މައުމޫން / ދެ ބޭފުޅުން މިހާރު މަސައްކަތްކުރައްވަނީ ގުޅިގެން

ސަރުކާރާއި އިދިކޮޅު ފަރާތްތަކާދެމެދު އޮތް ސިޔާސީ މި ވާދަވެރިކަމުން ކޮންމެ ބަޔަކު މޮޅުވިޔަސް އެއިން ރައީސް މައުމޫނުގެ ޢާއިލާއަށް ފައިދާވާނެކަމަށް ވިދާޅުވެ ޢަލީވަޙީދު ވަނީ ރައީސް މައުމޫނަށް ވަރަށްބޮޑަށް ފާޑުވިދަޅުވެފައެވެ.

ޢަލީވަޙީދު ވިދާޅުވީ، އޭނާ "ހަނދާނީ ވެރިކަމާ" ދެކޮޅު ކަމަށާ، ދެ އޮޑިއަށް ދެފައި ލައިގެން ތިބޭ މީހުންނާވެސް ދެކޮޅުކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ހައްޔަރު ނުވެ މިއަދުހުރި ހަމައެކަނި ލީޑަރަކީވެސް ރައީސް މައުމޫންކަން، ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގޯސްވެގެން މިއަދު އުޅޭއިރު، ރައީސް ޔާމީނަކީ ރައީސެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކެވީވެސް ރައީސް މައުމޫން ކަމަށެވެ. މީގެ އިތުރުން އަމިއްލަފުޅު ޢާއިލާ ދެކޮޅަށް ބައްސަވައިގެން ނުހުންނަވައި މައުމޫން ހެއްދެވި ގޯސް ރަނގަޅު ކުރައްވަން އޭނާވަނީ ގޮވާލައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14626286188441.jpg|ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް / ފޮޓޯ: ޕީއެސްއެމް ފައިލް

ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި، ޔުމްނާ މައުމޫން އިދިކޮޅު ސިޔާސީ ޙަރަކާތްތަކުގެ އިސްސަފުން ފެންނައިރު، ދެން ތިއްބެވި ދެބޭފުޅުންގެ ތެރެއިން މުހައްމަދު ޣައްސާން މައުމޫނާއި، ދުންޔާ މައުމޫން ތިއްބެވީ ސަރުކާރުގެ އިސްމަޤާމުތަކުގައެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމު ދުންޔާ އަދަކުރައްވާއިރު، ޣައްސާނަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެކެވެ.