ސިޔާސީ

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އަނެއްކާވެސް ހުށައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމަށް އަނެއްކާވެސް ހުށައަޅައިފިއެވެ. އިދިކޮޅު މެމްބަރުން މިފަހަރު މިމައްސަލަ މަޖިލީހަށް ވެއްދީ 31 މެމްބަރުންގެ ސޮއާއެކުގައެވެ. މަޖިލީހުގެ އިދާރާއިންވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިންވެސް މަޖިލީހަށް ހުށައަޅާފައިވެއެވެ. އެހެންނަމަވެސް ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ވަނީ އެ މައްސަލަ ފެއިލްކޮށްލާފައެވެ. އިދިކޮޅު ފަރާތްތަކުން އެދުވަހު ވޯޓުގައި ބައިވެރި ވެފައި ނުވާއިރު، ސަރުކާރު ކޯލިޝަން މެމްބަރުން މި މައްސަލަ ކާމިޔާބުކުރައްވާފައި ވަނީ 48 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން މިފަހަރު މަޖިލީހަށް ހުށައެޅުއްވިއިރު، އަންނަ އަންގާރަ ދުވަހަށް ވަނީ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އެޖެންޑާކުރައްވާފައެވެ. މި މައްސަލަވެސް ހުށައަޅފައިވަނީ އިދިކޮޅު މެމްބަރުންނެވެ. ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ 15 މެމްބަރުންގެ ސޮއާއިއެކުގައެވެ.