ކުޅިވަރު

ކުލަބް މޯލްޑިވްސް ފުޓްސެލް މުބާރާތް ރޭ ފަށައިފި


ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޯޑު ފުޓްސެލް މުބާރާތް ކުލަބް މޯލްޑިވްސް ރޭ ފަށައިފިއެވެ. ކުޅިވަރު އެކުވެނި ވެލިދަނޑުގައި ފެށި ކްލަބު މޯލްޑިވްސް ކަޕް 2017ގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފަސްޑް ލޭޑީ ފާތިމަތު އިބްރާހިމްއެވެ. 

ކުލަގަދަ ރަސްމިއްޔާތަކަށްފަހު ފެށިގެންދިޔަ މިމުބާރާތުގައި އެންމެ ފުރަތަމަވަނީ މުބާރާތުގައި ބައިވެރި ޓީމްތަށް ދައްކާލާފައެވެ. އަދި މިރަސްމިއްޔާތުގައި ކުޅިވަރު ކުރިއެރުވުމަށް މެޑަމް ފާތިމަތު އިބްރާހީމް ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރެއްވުމުގެ ގޮތުން ކްލަބު މޯލްޑިވްސް ފަރާތުން ވަނީ އެކަމަނާއަށް ހަނދާނީ ފިލާއެއް އަރުވައިފައެވެ. 

މިމުބާރަތުގައި ވާދަކުރާ ބިދޭސީ ކުޅުންތެރިންވެސްވަނީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދައްކާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ބްރެޒިލާއި އީރާން އަދި އޮސްޓްރޭލިއާގެ ކުޅުންތެރިއެއްވެސް ހިމެނެއެވެ. އަދި މިރަސްމިއްޔާތުގައިވަނީ ފިރިހެން ބައިގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްއާއި އެންމެ ފަހުގެ އަންހެން ބައިގެ ޗެމްޕިއަން ކްލަބު އިމިގްރޭޝަންއަށް ބެޖް ހަވާލުކޮށްފައެވެ. އެ ދެ ޓީމަށް ބެޖް ހަވާލުކޮށްދެއްވީ މެޑަމް ފާތުމަތު އިބްރާހީމްއެވެ.

img:http://s2.psmnews.mv/images/660x400/14916801674242.jpg|ރޭ ފެށިގެންދިޔަ ކުލަބް މޯލްޑިވްސް (ފޮޓޯ:ޕީއެސްއެމް)

މިމުބާރާތުގެ ފިރިހެންބައިގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ އެންމެ ފަހު ޗެންޕިއަން ބީއެމްއެލްއެވެ. މިމެޗް ބީއެމްއެލް ކާމިޔާބުކޮށްފައިވަނީ އެމްއޭސީއެލްއާއި ވާދަކޮށް ދެ ލަނޑު ސުން ލަނޑުންނެވެ. އަދި އަންހެންބައިގައި ކުޅުނު ފުރަތަމަ މެޗްގައި އިމިގްރޭޝަންއާއި އެމްޕީއެލް ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމްއަކަށް ލަނޑެެއް ނުޖެހި އެއްވަރުވެގެންނެވެ.

ކްލަބު މޯލްޑިވްސް ކަޕް

ގްރޫޕް އޭ - މޯލްޑިވް ގޭސް، އެމްއޭސީއެލް، ހެލްތު ރެކްރިއޭޝަން ކްލަބު، ޔުނައިޓެޑް ބީއެމްއެލް.

ގްރޫޕް ބީ - ޕްރިސަން ރެކްރިއޭޝަން ކްލަބު، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު، މޯލްޑިވިއަން.

ގްރޫޕް ސީ - ކްލަބު އިމިގްރޭޝަން، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ކްލަބު ތިލަފުށި ކޯޕަރޭޝަން، އެލައިޑް.

ގްރޫޕް ޑީ - ކްލަބު އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ، ޓީމް އެފްއެސްއެމް، އެމްޕީއެލް.

ގްރޫޕް އީ - އެމްއެންޔޫ ސްޓާފް ކްލަބު، ކްލަބު ވެމްކޯ، ކްލަބު އެމްއާރްޑީސީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.

ގްރޫޕް އެފް - ޓީމް ފެނަކަ، ޕޮލިސް ކްލަބު، އެޗްޕީއެސްއެން، މޯލްޑިވްސް މީޑިއާ ކްލަބު.

ގްރޫޕް ޖީ - ސިވިލް ކޯޓް، ޓީމް މެޑް، ކްލަބު އެމްވައިއެސް، ހައުސިން މިނިސްޓްރީ.

ގްރޫޕް އެޗް - ކްލަބު އެޗްޑީސީ، ކަސްޓަމް ރެކްރިއޭޝަން ކްލަބު، ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު، ކްލަބު އާސަންދަ.

img:http://s3.psmnews.mv/images/660x400/14916801809851.jpg|ރޭ ފެށިގެންދިޔަ ކުލަބް މޯލްޑިވްސް (ފޮޓޯ:ޕީއެސްއެމް)

18/30 ވިމެންސް ފުޓްސަލް ފިއެސްޓާ

ގްރޫޕް އޭ - ޓީމް ފެނަކަ، ދިވެހި ސިފައިންގެ ކްލަބު، ޓީމް އައިޖީއެމްއެޗް، ޓީމް ނަމްބާސް، ތައުލީމީ ގުޅުން.

ގްރޫޕް ބީ - އެމްއޭސީއެލް، ޕޮލިސް ކްލަބު، ފެހި ފަހި ކްލަބު، ޓީމް އޭޑަބްލިޔުއޭ، އުރީދޫ.

ގްރޫޕް ސީ - ކްލަބު އާސަންދަ، ކްލަބު އިމިގްރޭޝަން، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.