ދުނިޔެ

ރައުދާގެ ފޯނު ދިވެހި ފުލުހުން ހުޅުވައިފި


މިމަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި މަރުވެފައިވާ އޮތްވާ ފެނުނު ރައުދާ އާތިފްގެ ފޯނު ދިވެހި ފުލުހުން ހުޅުވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ރައުދާގެ ފޯނު ހުޅުވައިގެން، ތަހްޤީޤަށް ބޭނުންވާ ވަރަށް މުހިއްމު މަޢުލޫމާތުތަކެއް މިހާރު ހޯދާފައިވާކަމަށެވެ. ނަމަވެސް މިމައްސަލައިގެ ތަހްޤީޤު ކުރިއަށްދާތީ، ފޯނުން ލިބުނު މަޢުލޫމާތު ފުލުހުން ހިއްސާއެއް ނުކުރެއެވެ.  

މޯލްޑިވްސް ޕޮލިސް ސަރވިސުން ރައުދާގެ ފޯނު ހުޅުވާފައިވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއާ ދެ އޮފިސަރަކު ބަންގަލްދޭޝްގައި ރައުދާގެ މަރުގެ މައްސަލަ ތަހްޤީޤްކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

އަނެއްކޮޅުން ރައުދާގެ މަރާ ގުޅޭގޮތުން އެކި ގޮތްގޮތަށް ޚަބަރުތައް ފެތުރުމުން ފުލުހުންގެ ތަހްޤީޤަށް ހުރަސް އެޅޭކަމަށް ވިދާޅުވެ، އެކަން ހުއްޓާލުމަށް ފުލުހުން ވަނީ މިއަދު މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. 

ބަންގްލަދޭޝްގެ އިސްލާމީ ބެންކް މެޑިކަލް ކޮލެޖުގައި ތައުލީމް ހާސިލްކުރަމުންދިޔަ ރައުދާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހުއެވެ.