ޚަބަރު

މިދިޔަ އަހަރު ޒަކާތު ފަންޑަށް 46 މިލިއަން ރުފިޔާ


 


 


މިދިޔަ އަހަރު ޒަކާތު ފަންޑަށް ސާޅީސް ހަ މިލިއަން ރުފިޔާ ލިބުނު ކަމަށާއި މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނައިން ޒަކާތު ފަންޑަށް ފައިސާ ޖަމާވި އަހަރު ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒރް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


 
 
އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރު ޒަކާތު ފަންޑަށް ސާޅީސް ހަމިލިއަން ރުފިޔާ ޖަމާވެފައި އެބަހުރިކަމަށާއި އެގޮތުން މިހާރު ޒަކާތުގެ ފަންޑުގެ ޖުމްލަ އަދަދު އޭގެ ކުރީ އަހަރުތަކާއި އެކީގައި ފަސްދޮޅޮސް ނުވަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.


 
މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޒަކާތް ލިބޭފަރާތްތަކާބެހޭ މިންގަނޑުތަކާއި އުސޫލުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.


 
 
ޒަކާތު ފަންޑަށް ލިބިފައި ހުރި ފައިސާއިން ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ކަންކަން އިއުލާންކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
 


ޒަކާތު ފަންޑުން ވަނީ މީގެ ކުރިންވެސް މަތީ ތައުލީމް ޙާސިލްކުރުމަށް ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.