ދީން

ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ މަޖިލީހު ރައީސްގެ ދަރުސެއް މިރޭ!


ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސްގެ ދަރުސެއް މިރޭ މަޣްރިބް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ސޫދާނުގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސްކަންވެސް ކުރައްވާ ޑރ. ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމްގެ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމްދީނަކީ ޙައްޤުދީނެވެ." މި މައުޞޫއަށެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓްރީން ހިންގަވާ ޚާއްސަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ދެއްވި ދަޢުވަތަކަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މަޢުލޫމާތު ދެއްވުމާއި ދީނީ ތަޤްރީރުދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ޢިމާމުންނާއި ޚަތީބުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.