ދުނިޔެ

ސެއިންޓް ޕީޓަރސްބަރގްގައި ޙަމަލާދިނީ ހަރުކަށި ވިސްނުމުގެ މީހެއް!


ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގެ ރެއިލެއްގެ ތެރޭގައި އިއްޔެ ދިން ބޮމުގެ ޙަމަލާއަކީ މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްކަމަށް ރަޝިޔާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ރަޝިޔާގެ ބައެއް މީޑިއާތަކުން، ނަން ހާމަކުރަން ނޭދޭ ބައެއް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، ޙަމަލާދީފައިވަނީ ދީނީ ހަރުކަށި ޚިޔާލުގެ މީހެއްކަމަށެވެ. އަދި އޭނާއަކީ ސެންޓްރަލް އޭޝިޔާގެ ޤައުމަކަށް ނިސްބަތްވާ ޒުވާން އުމުރުގެ މީހެއްކަމަށްވެސް ބައެއް ޚަބަރުތައް ބުނެއެވެ.ބައެއް ފަރާތްތަކުން ތުހުމަތުކުރަނީ މިއީ އައި.ސިސްގެ ޙަމަލާއެއްކަމަށެވެ. އަނެއްކޮޅުން މިއީ ޗެޗްނިޔާގެ ހަނގުރާމަވެރިިންގެ ޙަމަލާއެއްކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މިޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާއިރު، ރަޝިޔާއިން ބަލަމުންދަނީ މިއީ ސީދާ ޓެރަރިޒަމްގެ އަމަލެއްކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14912809019485.jpg|ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް މީހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގެ ރެއިލެއްގެ ތެރޭގައި އިއްޔެ ބޮމެއް ގޮއްވާލާފައިވަނީ އެރޭލު ދަތުރުކުރަމުން ދަނިކޮށެވެ. މިހަމަލާގައި 11 މީހުން މަރުވެފައިވާއިރު، ފަންސާހަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޙަމަލާއަށްފަހު ސެއިންޓް ޕީޓަރސްބަރގްގެ ހުރިހާ ރޭލު ސްޓޭޝަންތަކެއް ބަންދުކޮށްފައިވާއިރު، އެޤައުމުގެ އެހެން ސްޓޭޝަންތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.